ތޫފާނުގެ އަސަރު މަލިކަށް އިންތިހާއަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ

ތޫފާން އޯޗީ، ރާއްޖެއާއި ދުރަށް އަރަބި ކަނޑާއި ދިމާއަށް ދަތުރުކުރަމުން އަންނައިރު މި ތޫފާން އަންނަނީ އިތުރަށް ބާރު ގަދަވަމުންނެވެ. އިންޑިއާގައި ގާއިމް ކޮށްފައިވާ މި ސަރަހައްދުގެ ރީޖަނަލް މީޓިއޮރޮލިކަލް...

01 Dec 2017 | 11:18

ތޫފާން އޯޗީ، ރާއްޖެއާއި ދުރަށް އަރަބި ކަނޑާއި ދިމާއަށް ދަތުރުކުރަމުން އަންނައިރު މި ތޫފާން އަންނަނީ އިތުރަށް ބާރު ގަދަވަމުންނެވެ.

އިންޑިއާގައި ގާއިމް ކޮށްފައިވާ މި ސަރަހައްދުގެ ރީޖަނަލް މީޓިއޮރޮލިކަލް ސެންޓަރުން މި ތޫފާނާއި ބެހޭގޮތުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާލާއިރު ތޫފާން އޯޗީ ދަތުރުކުރަމުން ދަނީ މަލިކާއި ދިމާއަށެވެ. ފާއިތުވި ހަ ގަޑިއިރު ދަތުރު ކުރަމުން ދަނީ ގަޑިއަކު 11 ކިލޯ މީޓަރަށެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭގައި މަލިކަށް ފޯރާނެ ކަމަށް އަންދާޒާ ކޮށްފައި ވެ އެވެ.

މަލިކުގެ މަތިން ތޫފާން ދަތުރުކުރަމުންދާނެ ވަގުތަކީ ތޫފާނުގެ ބާރު އެންމެ ގަދަވާނެ ކަމަށް އަންދާޒާކޮށްފައިވާ ވަގުތު ކަމުގައިވުމުން ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައި ވެ އެވެ.

އަދި ވައިގަދަވާނެ ގޮތުގެ އަންދާޒާއަށް ބަލާލާއިރު ގަޑިއަކު 68 މޭލާއި 74 މޭލާއި ދެމެދުގެ ބާރުމިނެއްގައި އަދި ވިލާގަނޑުގައި 80 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައި އަންދާޒާ ކޮށްފައި ވެ އެވެ.

ސަރަހައްދީ މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު މި ތޫފާނުގެ ސަބަބުން މަލިކަށް ކުރާނެ އަސަރު ބޮޑުވާނެ ކަމުގައި ލަފާ ކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް