ތައްޔާރަށް ތިއްބެވުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ދަންނަވައިފިން: ރައީސް ޔާމީން

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ރައްޔިތުން ގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، އެންމެ މަތީ ދަރަޖައިގާ އަބަދުވެސް ތައްޔާރުވެ ތިއްބެވުމަށް ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކަށް ވާނީ...

01 Dec 2017 | 10:54

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ރައްޔިތުން ގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، އެންމެ މަތީ ދަރަޖައިގާ އަބަދުވެސް ތައްޔާރުވެ ތިއްބެވުމަށް ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކަށް ވާނީ ދަންނަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ތަރުޖަމާނު މެދުވެރި ކުރައްވައި ޓްވިޓާގައި އާންމުކޮށްފައިވާ ސްޓެޓަސްއެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ބާރުގަދަ ވަޔާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން މިދާ ވިއްސާރައިން ރައްޔިތުން ރައްކާތެރިވެ، ސަމާލުވެ ތިއްބެވުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށާއި މިހާތަނަށް ލިބުނު ގެއްލުންތައް ދަނީ ދިރާސާކޮށް ބެލެވި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ތޫފާނުން އަޅަމެން ރައްކާތެރިކޮށްދެއްވައި މިންޖުކޮށްދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް