ޔެލޯ އެލާޓް: ކާފު އަތޮޅުން އުތުރަށް މޫސުން ގޯސްވާނެ

ތޫފާނު އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ކާފު އަތޮޅުން އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އަނެއްކާވެސް ޔެލޯ އެލާޓް ނެރެފި އެވެ. މިއަދު 03:20ގައި ނެރެފައިވާ ޔެލޯ އެލާޓުގަ...

01 Dec 2017 | 10:32

ތޫފާނު އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ކާފު އަތޮޅުން އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އަނެއްކާވެސް ޔެލޯ އެލާޓް ނެރެފި އެވެ.

މިއަދު 03:20ގައި ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް އާންމުގޮތެއްގައި ގަޑިއަކު 30 މޭލާއި 35 މޭލަށް ވައި ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނެ ކަމެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައި ވެ އެވެ.

ތޫފާން އޯޗީ މިހާރު ދަތުރުކުރަމުންދަނީ ރާއްޖެއާއި ދުރަށެވެ. އެހެންނަމަވެސް ދުރަށް ދަތުރުކުރަމުން ދާވަރަކަށް ތޫފާނުގެ ބާރުވެސް ގަދަވަމުން ދާތީ ރާއްޖެއަށްވެސް ތޫފާނުގެ އަސަރުކުރާ މިންވަރު އަދި އަންނަނީ ބޮޑު ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް