އޯޗީއަށްފަހު އަންނަ ތޫފާނު ސާގަރު: ރާއްޖެއަށް ނުރައްކާވެދާނެ ކަމަކަށް ނުބެލެވޭ

ތޫފާން އޯޗީގެ އަސަރު އިންޑިއާ، ލަންކާ، މަލިކު އަދި ރާއްޖެއަށް ކުރަމުން އަންނައިރު ހަމަ މިސަރަހައްދުގައި އިތުރު ތޫފާނެއްގެ ސެޓަޕް މިވަނީ އުފެދިފަ އެވެ. ތޫފާނުތަކަށް ނަންދޭ އުސޫލަށް ބަލައިފިނަމަ އެ ތޫފާ...

01 Dec 2017 | 09:45

ތޫފާން އޯޗީގެ އަސަރު އިންޑިއާ، ލަންކާ، މަލިކު އަދި ރާއްޖެއަށް ކުރަމުން އަންނައިރު ހަމަ މިސަރަހައްދުގައި އިތުރު ތޫފާނެއްގެ ސެޓަޕް މިވަނީ އުފެދިފަ އެވެ. ތޫފާނުތަކަށް ނަންދޭ އުސޫލަށް ބަލައިފިނަމަ އެ ތޫފާނަށް ދޭނެ ނަމަކީ ތޫފާނު "ސާގަރު" އެވެ. އިންޑިއާގެ ހިންދީ ބަހުން ނަމަ އެއީ މޫދެވެ.

ބޭރުގެ މީޓިއޮރޮލޮޖިކަލް ވެބްސައިޓްތައް ކަމުގައިވާ އެކިއުވެދާ އަދި ސްކައިމެޓް ވެދާ ފަދަ ވެބްސައިޓް ތަކުގައިވާ މައުލޫމާތު އެއްކޮށްލުމުން ނިކުންނަ ނަތީޖާއަށް ބަލާއިރު ސާގަރުގެ ސެޓަޕް އުފެދިފައި ވަނީ 30 ނޮވެމްބަރުގަ އެވެ. އުފެދިފައިވަނީ އަންޑަމަން ކަނޑުގެ ދެކުނުންނެވެ.  މި ސެޓަޕް މަޑުމަޑުން ލަންކާގެ ބިއްދޮށުން އިންޑިއާގެ މެދަކާއި ދިމާއަށް ދަތުރު ކުރަމުން އަންނައިރު އިންޑިއާގެ އައްސޭރިފަށަށް ސެޓަޕް ފޯރާނެ ކަމަށް ލަފާ ކޮށްފައިވަނީ އަންނަ ހޯމަ ދުވަހުގަ އެވެ. އަދި ފުރިހަމަ ތޫފާނަކަށް ބަދަލުވާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ އަންގާރަ ދުވަހަށެވެ.

ތޫފާން އޯޗީ އަދި، ސާގަރުގެ ސެޓަޕް އުފެދި މި ސަރަހައްދުގެ މޫސުން އިންތިހާއަށް ގޯސްވެފައިވާއިރު ތޫފާން އޯޗީގެ ނުރައްކާ އެންމެ ބޮޑީ މަލިކަށެވެ. ތޫފާނު ދަތުރުކުރަމުން އަންނަނީ ސީދާ މަލިކާއި ދިމާއަށް ކަމުންނާއި މަލިކާ ދިމާއަށް ދަތުރުކުރަމުން އަންނައިރު އިތުރަށް ވަރުގަދަ ވަމުން އަންނާތީ އެވެ.

އޯޗީ އަދި ސާގަރު އެއްކޮށްލައިފިނަމަ އެންމެ ނުރައްކާ ބޮޑު ކަމަށް މޫސުމާއިބެހޭ ވެބްސައިޓްތަކުން ހާމަކޮށްފައިވާގޮތުން ނަމަ އެންމެ ބިރު ބޮޑީ އިންޑިއާއަށެވެ. އެއީ އެއް ތޫފާން ނިމެން ދާއިރު އެ ތޫފާން އޮތީ އިންޑިއާގެ އެއްފަޅީގައި ކަމަށް ވުމުންނާއި އަނެއް ސެޓަޕް ދަތުރުކުރަމުންދަނީ އިންޑިއާގެ އަނެއް ފަޅިން އިންޑިއާއާއި ދިމާއަށް ކަމަށް ވުމުންނެވެ.

އިންޑިއާގައި ގާއިމް ކޮށްފައިވާ މި ސަރަހައްދުގެ ރީޖަނަލް މެޓް އޮފީހާއި ހަވާލާދީ ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ދުވަހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޯޗީގެ ބާރު ދަށްވާނެ ކަމަށް ރީޖަނަލް މެޓް އޮފީހުން ލަފާ ކުރަނީ އަންނަ ހޯމަ ދުވަހަށް ކަމަށެވެ.

ސާގަރު ސެޓަޕްގެ މިސްރާބު ހުރިގޮތް ބަދަލު ނުވާހާ ހިނދަކު ރާއްޖެއަށް މާބޮޑު ނުރައްކަލެއް ނެތްކަމުގައި ބެލެވެ އެވެ.

މިބުނާ ސެޓަޕް ތޫފާނަކަށް ބަދަލުވެއްޖެ ނަމަކަށް ސާގަރު ކިޔާއިރު މި ސަރަހައްދުގައި އެއަށްފަހު އުފެދޭ ތޫފާނަކަށް ދޭނެ ކަމަށް ބުނެފައިވާނަމަކީ ތޫފާނު "މެކުނު" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް