ތޫފާން އޯޗީގައި ލަންކާ އަދި އިންޑިއާއިން މަރުވި މީހުންގެ އަދަދު 16 އަށް އަރައިފި އެވެ.
މި އަދަދު 16 އަށް އަރާފައިވާއިރު މިހާރު މި ތޫފާން ދަތުރު ކުރަމުން އަންނަނީ މަލިކާއި ދިމާއަށެވެ. ތޫފާނުގައި 16 މީހަކު މަރުވެފައިވާއިރު ނުވަ މީހަކު މަރުވެފައިވަނީއިންޑިއާއިންނެވެ. ލަންކާއިން ހަތް މީހަކު ވަނީ މަރުވެފަ އެވެ.
ތޫފާން އޯޗީގެ އަސަރު ރާއްޖެއަށްވެސް އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލަށް ވައި ގަދަވާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް