ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު 10:20ގައި ނެރެފައިވާ އެ އެލާޓްގައި ބުނެފައިވަނީ ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އާންމު ގޮތެއްގައި އެ ސަރަހައްދުތަކުގައި ގަޑިއަކު 30 މޭލާއި 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހުން އެކަށީގެންވާކަމަށެވެ.
ތޫފާން އޯޗީގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މެޓް އޮފީހުން ބުނެފައިވަނީ ތޫފާނުގެ ބާރު އަދިވެސް އަންނަނީ ގަދަވަމުން ކަމަށާއި ބާރު ދަށްވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް