ތޫފާން އޯޗީގެ އަސަރު އިންޑިއާއަށް ކޮށް އިންޑިއާގެ ޓްރިވެންޑްރަމުން އެނަކިވެސް 80 އަށްވުރެ ގިނަ މަސްވެރިން ގެއްލިފައިވާއިރު ދުރާލާ އިންޒާރު ދީފައިނުވާތީ، ގެއްލިފައިވާ މަސްވެރިންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން އެ މަސްވެރިންގެ އާއިލާތަކުން ބުނަމުން އަންނަނީ ތޫފާނެއްގެ އެއްވެސް އިސާރާތެއް އަދި އެއްވެސް މައުލޫމާތެއް އެ އާއިލާތަކަށް އަދި މަސްވެރިންނަށް ދުރާލާ ދީފައި ނުވާކަމަށެވެ.
https://twitter.com/ANI/status/936461477761785858
މިހާތަނަށް 80 މަސްވެރިއަކު ގެއްލި، އިންޑިއާއިން މި ތުފާނުގައި ނުވަ މީހަކު މަރުވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި މަސްވެރިން ހިމެނެ އެވެ.
މަސްވެރިން ސަލާމަތް ކުރުމަށް އިންޑިއާގެ ނޭވީން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު އިންޑިއާގެ ނޭވީން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކަނޑުމަތިން އަދި ސަލާމަތް ކުރެވިފައިވަނީ އެންމެ އަށް މަސްވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް