ތޫފާން އޯޗީގެ އަސަރު މިހާރު އެންމެ ބޮޑަށް ކުރަމުން އަންނަ އިންޑިއާގެ ޓްރިވެންޑްރަމްގެ ބޭރުން ކަނޑުވެފައިތި އަށް މަސްވެރިއަކު ސަލާމަތް ކޮށްފި އެވެ.
އިންޑިއާގެ ނޭވީން ބުނެފައިވަނީ އަށް މަސްވެރިއަކު ކަނޑުވެފައި ތިއްބާ ފެނުނީ ޓްރިވެންޑްރަމާ 40 މޭލު ދުރުން ކަމަށެވެ. އަދި އެމީހުންނަށް ހެލިކޮޕްޓަރުގެ އެހީގައި "ލައިފް ރާފްޓެއް"ގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ހާލު ދެރަ ދެ މީހަކު ނޭވީ ބޯޓަކަށް މިހާރު ނަގާފައިވާކަމަށެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ޓްރިވެންޑްރަމުން އެކަނިވެސް 80 އަށްވުރެ ގިނަ މަސްވެރިން ވަނީ ގެއްލިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް