ރާއްޖެއަށް ވައި އެންމެ ގަދަވީ ގަޑިއަކު 51 މޭލަށް: މެޓް އޮފީސް

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު މި ތޫފާނުގައި ވައި އެންމެ ގަދަވި ކަމަށް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު 51 މޭލަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މޫސުމާއި ބެހޭ އެ...

01 Dec 2017 | 05:22

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު މި ތޫފާނުގައި ވައި އެންމެ ގަދަވި ކަމަށް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު 51 މޭލަށް ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާއި ބެހޭ އެންމެ ފަހުގެ ތަފްސީލު "ދުވަހަށް" ހިއްސާ ކުރަމުން މެޓް އޮފީހުން ބުނީ އެބާރުމިނުގައި ވައި ޖެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ރޭގެ ވަގުތެއްގައި މާލެ ސަރަހައްދުގައި ކަމަށެވެ. އެއީ ކޮޅިގަނޑެއްގައި ވައި ޖެހުނު މިންވަރެއް ކަމަށެވެ.

"ތޫފާނުގެ ބާރު އަދިވެސް އަންނަނީ ގަދަވަމުން، ދެކުނަށް އާންމު ގޮތެއްގައި ވައި ޖެހެމުންދާނީ ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނެއްގައި، އުތުރުގެ އަތޮޅުތަކަށް 20 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި" މެޓް އޮފީހުން މައުލޫމާތު ދެ އެވެ.

މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭއިރު ތުފާނުގެ ބާރު ދަށްވާނެ ކަމަށް ލަފާ ކުރެވެނީ މި މަހުގެ ހަތަރުވަނަ ދުވަސް ކަމުގައިވާ ހޯމަ ދުވަހު ކަމަށެވެ.

"ރީޖަނަލް ސްޕެސަލައިޒްޑް މީޓިއޮރޮލިކަލް ސެންޓަރުން ލަފާކުރާގޮތުގައި ތޫފާނުގެ ބާރު ދަށްވާނީ ޑިސެމްބަރު ހަތަރެއްގައި، ތުފާން ދަތުރު ކުރަމުންދަނީ ރާއްޖެއާއި ދުރަށް" މެޓް އޮފީހުން މައުލޫމާތު ދެ އެވެ.

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރުވެސް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެފައިވަނީ އުތުރުގެ އަތޮޅު ތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް