ރަށްރަށުގައި އާންމު ރައްޔިތުންގެ ކެއިން ބުއިމަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް މާދަމާ ފައްޓަވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ޑިފެންސް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގަ އެވެ.
ސަރުކާރުގެ މި ނިންމެވުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމްޝަރީފް އުމަރު ވިދާޅުވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރުމުގައި ދަތިތައް ދިމާވެ ދަތުރުކުރުން ހުއްޓިފައިވުމާއެކު، ކާޑުގެ ބާވަތްތަކަށް ވީހާވެސް ބޮޑަށް ބަލައިގެން އުޅުން މުހިއްމުކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުރި މިންވަރު ދެނެގަތުގެ މަސައްކަތް މާދަމާ ފަށާނެކަމަށާއި މިކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ރަށުކައުންސިލްތަކާ ގުޅިގެން ކަމަށެވެ.
"ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ޠޫފާނުގެ ސަބަބުން ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައާއި ގުޅިގެން ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ." ޕީއެސްއެމްގައި ރިޕޯޓް ކޮށްފައި ވެ އެވެ.
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖޭގެ މޫސުން ނިސްބަތުން މިހާބޮޑަށް ގޯސްވެގެންދިޔައިރު، ހާދިސާތައް ރިޕޯޓްކުރި އަދަދަށް ބަލާއިރު ދިވެހި ރައްޔިތުން މިފަދަ ހާދިސާތަކަށް ހޭލުންތެރިވެފައިވާކަން ފާހަގަކުރެވުނުކަމަށާއި އަދި ސަރުކާރުން ދެއްވި އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކުރަމުން ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ހާދިސާތައް އިތުރުނުވެ ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް