ލަންކާ އަދި އިންޑިއާއަށް ގުޅުމަށް އުރީދޫން ހެޔޮ އަގެއް

މިހާރު ސްރީލަންކާ އާއި ދިމާލުން އުފެދި، އިންޑިއާ އާއި ދިމާލަށް ދަތުރުކުރަމުންދާ ތޫފާނު އޯކި އާއި ގުޅިގެން، އެސަރަޙައްދުގައި ދިރިއުޅުއްވާ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މ...

30 Nov 2017 | 22:42

މިހާރު ސްރީލަންކާ އާއި ދިމާލުން އުފެދި، އިންޑިއާ އާއި ދިމާލަށް ދަތުރުކުރަމުންދާ ތޫފާނު އޯކި އާއި ގުޅިގެން، އެސަރަޙައްދުގައި ދިރިއުޅުއްވާ އާއިލާ އާއި ގާތްތިމާގެ ބޭފުޅުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިއަދު، 01 ޑިސެމްބަރ އިން ފެށިގެން 02 ޑިސެމްބަރ ވަނަ ދުވަހުގެ ނިޔަލަށް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ސްރީލަންކާ އަށާއި އިންޑިޔާއަށް ޚާއްޞަ ރޭޓެއްގައި ގުޅޭނެ ކަމުގައި އުރީދޫން ހާމަކޮށްފި އެވެ.

އުރީދޫން ބުނެފައިވަނީ މިގޮތުން، މިނެޓަކަށް 2.09ރ. ގެ ރޭޓުން ލަންކާއަށް ގުޅޭއިރު، މިނެޓަކަށް 0.99ރ. ގެ ރޭޓުން އިންޑިއާއަށް ގުޅޭނެ ކަމަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑުމެންގެ ކަސްޓަމަރ ކެއަރ ނަންބަރ 929 އަށް ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދޭ ކަމުގައި އުރީދޫން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް