މާލެ އަތޮޅު ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތަށް މިއަދު ދޯންޏެއް އަޑިއަށް ގޮސް ގިނަ އަދަދެއްގެ ފިލާ އޮޔާދާތީ މިސަރަހައްދުން ކަނޑުދަތުރު ކުރައްވާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މޫސުމް ގޯސްވުމުގެ ސަބަބުން "ހިތްވަރު 03" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިއުމުގެ ހާދިސާގައި އެދޯނީގައި ބައެއް މުދާތައް އޮޔާދާތީ އެ ސަރައްހައްދުން ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ދޯނިން ތިން މީހުން ދަތުރުކުރިއެވެ. މި ހާދިސާ ހިނގުމާއެކު ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓުން ފޮނުވި އުޅަނދަކުން ވަނީ އެމީހުން ސަލާމަތްކޮށް ރިސޯޓަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް