ހިންނަވަރު 75 އިންސައްތަ ފެންބޮޑުވެފައި – ތިން ގެއަކުން މީހުން ހުސްކޮށްފި

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު މެދުކެނޑުމެއްނެތި ގިނަ އިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޅ ހިންނަވަރުގެ ގާތްގަނޑަކަށް 75 އިންސައްތަ ފެންބޮޑުވެ ބައެއް ގެތަކަށް އެކި ވަރުގެ ގެއްލުން...

30 Nov 2017 | 22:08

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު މެދުކެނޑުމެއްނެތި ގިނަ އިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޅ ހިންނަވަރުގެ ގާތްގަނޑަކަށް 75 އިންސައްތަ ފެންބޮޑުވެ ބައެއް ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.

މިހާތަނަށް ތިން ގެއެއްގެ މީހުން އެ ގެތަކުން ބަދަލުކޮށްފައިވާއިރު ހިންނަވަރުން މައުލޫމާތު ލިބޭގޮތުގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނި އަލަށް ހިއްކި ސަރަހައްދުގަ އެވެ.

ޓާސްކް ފޯހެއް އެކުލަވާލައި ވެލި ބަސްތާ ޖެހުމާއި ޕަމްޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވާގޮތުގައި މިރޭ ފަތިހު، ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރާ މިންވަރުން ބޮޑުވުން އެކަށީގެންވެ އެވެ.

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ކަނޑުދަތުރު ކުރުމުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް