އުސް އިމާރާތްތަކުގައި އުޅޭ މީހުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުން އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އުސް އިމާރާތްތ...

30 Nov 2017 | 21:59

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު އުސް އިމާރާތްތަކުގައި ދިރިއުޅޭ މީހުން އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އުސް އިމާރާތްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށާއި ނޫންނަމަ ގަދަވައިގާ ދޮރުތައް ވިއްސައިގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި މީހުންނަށާއި އިމާރާތައް ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް