ށ ފުނަދޫއިން ފުރައިގެން ށ މާއުނގޫދޫއަށް 13 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
މި ހާދިސާގައި ކަނޑުމަތިވި 13 މީހުން ސަލާމަތް ކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ ލޯންޗު ބަންޑުން ޖަހާލީ މާއުނގޫދޫ ފަޅަށް ވަންނަން އުޅެނިކޮށް ކަމަށެވެ.
މިހާރު ލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރެއް ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް