ސްޓާ ވޯޒްގެ ޝޫޓިން އަށް ބައެއް ތަރިންނާއި ކްރޫން ލާމަށް ގޮސްފި

ސްޓާ ވޯޒްގެ މަންޒަރުތަކެއް ލ އަތޮޅުގައި ޝޫޓް ކުރަން ހަމަޖެހިފައި ވާއިރު މި ފިލްމުގެ ބައެއް ތަރިންނާއި ފިލްމު ކްރޫން މިއަދު ލާމަށް ގޮސްފި އެވެ. މި ތަރިން މިއަދު ލާމު އަތޮޅު ކައްދުއަށް ގޮސްފައިވަނީ ހަވީ...

01 Dec 2015 | 13:54

ސްޓާ ވޯޒްގެ މަންޒަރުތަކެއް ލ އަތޮޅުގައި ޝޫޓް ކުރަން ހަމަޖެހިފައި ވާއިރު މި ފިލްމުގެ ބައެއް ތަރިންނާއި ފިލްމު ކްރޫން މިއަދު ލާމަށް ގޮސްފި އެވެ.

މި ތަރިން މިއަދު ލާމު އަތޮޅު ކައްދުއަށް ގޮސްފައިވަނީ ހަވީރު ފްލައިޓުންނެވެ. ދުވަހަށް މައުލޫމާތު ލިބިފައި ވާގޮތުގައި މިއަދު ލާމަށް ދިޔަ ފަރާތްތަކުގެ ތެރޭގައި ފެލިސިޓީ ޖޯންސް އާއި އިތުރުން ބައެއް މަޝްހޫރު ތަރިން ހިމެނެ އެވެ.

ސްޓާ ވޯޒްގެ އާ ފިލްމުގެ މަންޒަރުތައް ނަގަން ހޮލީވުޑްގެ ފިލްމީ ތަރި ފޮރެސްޓް ވިޓެކަ މިއަދު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. ނަމަވެސް ވިޓެކަ އަދި ލާމަށް ދިޔަ ކަން ކަށަވަރެއް ނުވެ އެވެ.

މި ފިލްމުގެ މަންޒަރުތައް މިއަދު ލާމުގައި ނަގަން ފަށާނެ ކަމުގެ މައުލޫމާތު ލިބިފައި ވީ ނަމަވެސް މިއަދު އެ މަސައްކަތް ފަށާފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި އެ ފިލްމުގެ ޝޫޓިން މަސައްކަތް މާދަމާ ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް