އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މިސްޓަރު ރަޖީވް ޝަހާރޭގެ އަރިހަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ޒިޔާރަތް ކުރައްވައިފި އެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ޑިފެންސް މިނިސްޓްރީ ގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ގައުމު ދެމެދު އޮތް ޒަމާންވީ ރަހްމަތްތެރިކަމުގެ މައްޗަށާއި އަދި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި ކާނަލް ޢަބްދުލް މަތީން އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް