ކޮޕް 21 ސަމިޓް ޕެރިހުގައި ފެށިގެން ކުރިއަށްދާއިރު އެ ސަމިޓުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ފްރާންސުގެ ރައީސް ފްރަންސުވާ އޮލާންޑޭ 122 ގައުމަކަށް އަމާޒުކޮށް އިފްތިތާހު ކުރެއްވި އިންޓަރނޭޝަނަލް ސޯލާރ އެލައަންސުގެ (އައިއެސްއޭ) ފުރަތަމަ ބައިވެރިއަކަށް ރާއްޖެ ވެއްޖެއެވެ.
މި އެލަޔަންސް ތައާރަފް ކޮށްދެއްވަމުން ނަރެންދުރަ މޯދީ ވިދާޅުވީ އަދުގެ ދުނިޔޭގައި ތެލަށް ބަރޯސާވެފައި އޮންނަ މިންވަރު މަދުކުރަން ޖެހިފައިވާ ކަމަށާއި އެ އެލައަންސްގައި ބައިވެރިވާ ގައުމުތަކުގައި އިރުގެ ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށް ވަނީ ހުށަހަޅާ ކަމަށެވެ.
މި މަޝްރޫއު ފެއްޓުމަށް އިންޑިއާއިން 30 މިލިއަން ޑޮލަރު ދިނުމަށް ވަޢުދުވެފައިވާ އިރު، މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސިޓީ އެއްގައެވެ. ރާއްޖޭގެ ފަރާތުން އެ އެލަޔަންސްގައި ސޮއި ކުރައްވާފައި ވަނީ ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް