ޒިޔަތުގެ ބަންދުގެ މައްސަލަ އަނެއްކާވެސް އިސްތިއުނާފް ކޮށްފި

ކޮރަޕްޝަންގެ މައްސަލައިގާ ބަންދުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބަންދ...

01 Dec 2015 | 07:02

ކޮރަޕްޝަންގެ މައްސަލައިގާ ބަންދުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބަންދު ކުރަން ކުރި އަމުރުގެ މައްސަލަ ހައިކޯޓުގައި އަނެއްކާވެސް އިސްތިއުނާފް ކޮށްފި އެވެ.

މި ފަހަރު އިސްތިއުނާފް ކޮށްފައިވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން ތިން ވަނަ ފަހަރަށް ދަށު ކޯޓުން ނެރުނު އަމުރެވެ. އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި މިއަދު ބާއްވަން ވަނީ ހަމަޖައްސާފައި ވާއިރު މި މައްސަލަ އިސްތިއުނާފް ކުރީ ޒިޔަތުގެ ފަރާތުންނެވެ.

ދެވަނަ ފަހަރށް އިސްތިއުނާފް ކޮށްފައިވާއިރު ޒިޔަތުގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފުރަތަމަ ކޯޓުން އިތުރުކޮށްދިން ބަންދުގެ މުއްދަތަށް ހައި ކޯޓުން ވަނީ ތާއީދު ވެސް ކޮށްފަ އެވެ.

ޒިޔަތު ހައްޔަރުކޮށް، ބަންދުކޮށްފައިވަނީ އެމްއެމްޕީއާރުސީ އަށް ލިބިފައިވާ ރަށްތަކެއް ގަވާއިދާ ޚިލާފަށް ބަޔަކަށް ދޫކޮށް، ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް