ލ. ގަމުގައި ޑޮކްޓަރަކު ތިން ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރަކު އެ ރަށުގައި އުޅޭ ތިން ބިދޭސީއަކަށް ވަޅިން ހަމަލާ ދީޒަހަމްކޮށްލައިފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންނަށް ވަ...

01 Dec 2014 | 17:37

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރަކު އެ ރަށުގައި އުޅޭ ތިން ބިދޭސީއަކަށް ވަޅިން ހަމަލާ ދީޒަހަމްކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އެ ތިން މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ވަޅިން ހަމަލާދީފައިވަނީ އެ ތިން މީހުންގެ ބުރަކައްޓަށާއި އަތަށާއި، ކަނދުރާއަށެވެ.

އެ ޑޮކްޓަރަކީ މިސްރު ރައްޔިތެކެވެ. އަދި އެއީ ސިކުނޑީގެ މައްސަލަ ހުންނަ ޑޮކްޓަރެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ގަން ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއް ސަމަދު ވިދާޅުވީ މި ފަހަކަށް އައިސް ޑޮކްޓަރުގެ ފަރާތުން ތަފާތު ކަންކަން ފެންނަމުންދާ ކަމަށާއި އެއީ ޑޮކްޓަރުގެ ސިކުނޑީގެ މައްސަލަ ތަކެއް ހުރުމުން ކަމަށެވެ. އަދި މިރޭ ތިން ބިދޭސީންނަށް ހަމަލާދިނީ އެމީހުން ދިރިއުޅޭ ގެއަށް ވަދެ ކަމަށާއި، ޑޮކްޓަރު ވަޅި ހިފައިގެން އުޅޭ މަންޒަރު ބައެއް މީހުންނަށް ފެނިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ތިން މީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގަމުގައި މަސައްކަތް ކުރާ މިސްރު ރައްޔިތަކު ތިން ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާ ދިނުމާއި ގުޅިގެން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ ގާތްގަނޑަކަށޤ 10:00 ގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް