އަންނަ އަހަރު ގްރޭޑް އެކަކަށް އެންމެ ގިނަ ކުދިން އިސްކަންދަރަށް އެންމެ މަދުން ހިރިޔާއަށް

އަންނަ އަހަރު އެންމެ ގިނަ ކުދިން ގްރޭޑް އެކަކަށް ވައްދަން މާލޭގެ ސަރުކާރު ސްކޫލްތަކުގެ ތެރެއިން ޖާގަ ދީފައިވަނީ އިސްކަންދަރު ސްކޫލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަނުން އާންމ...

01 Dec 2014 | 09:54

އަންނަ އަހަރު އެންމެ ގިނަ ކުދިން ގްރޭޑް އެކަކަށް ވައްދަން މާލޭގެ ސަރުކާރު ސްކޫލްތަކުގެ ތެރެއިން ޖާގަ ދީފައިވަނީ އިސްކަންދަރު ސްކޫލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަނުން އާންމުކޮށްފައިވާ  ސްކޫލްތަކަށް ކުދިން ބަހާފައިވާ މައުލޫމާތުގައި ވާގޮތުން އަންނަ އަހަރު އިސްކަންދަރު ސްކޫލް ގްރޭޑް އެކަކަށް 297 ކުދިން ވައްދާއިރު ދެން އެންމެ ގިނަ ކުދިން ވައްދަނި ހުޅުމާލޭ ގާޒި ސްކޫލަށެވެ. އެއީ 236 ކުދިންނެވެ. ދެން އެންމެ ގިނަ ކުދިން ވައްދާފައިވަނީ މާލޭގައި އެންމެ ވާދަވެރި ދެވަނަ ސްކޫލް ޖަމާލުއްދީން ސްކޫލަށެވެ. އެ ސްކޫލުން 231 ކުދިންނަށް ޖާގަ ދީފައި ވެއެވެ.

އިމާދުއްދީން ސްކޫލުން 221 ކުދިންނަށް ޖާގަދީފައިވާއިރު ކަލާފާނު ސްކޫލުން 214 ކުދިންނަށް ޖާގަދީފައި ވެއެވެ. އަރަބިއްޔާ ސްކޫލުން 178 ކުދިންނަށް ޖާގަދީފައިވާއިރު ތާޖުއްދީން ސްކޫލުން 173 ކުދިންނަށް ޖާގަ ދީފައި ވެއެވެ. އަދި ދަރުމަވަންތަ ސްކޫލުން 162 ކުދިންނަށް ޖާގަ ދީފައިވާއިރު އަމީނިއްޔާ ސްކޫލުން 126 ކުދިންނަށް ޖާގަދީފައި ވެއެވެ.

އަންނަ އަހަރު އެންމެ މަދުން ގްރޭޑް އެކަކަށް ވައްދަން ޖާގަ ދީފައިވަނީ ހިރިޔާ ސްކޫލުން ނެވެ. އެ ސްކޫލުން ޖާގަ ދީފައިވާނީ އެންމެ 69 ކުދިންނަށެވެ. ދެވަނައަށް ވިލިމާލޭ މުހިއްދީން ސްކޫލުން 74 ކުދިންނަށް ޖާގަ ދީފައިވާއިރު ތިން ވަނައަށް އެންމެ މަދުން ޖާގަ ދީފައިވަނީ މަޖީދިއްޔާ ސްކޫލަށެވެ. އެއީ 95 ކުދިންނަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުގެ އައިޑީކާޑު އެ ވެބްސައިޓުގައި ޖެހުމުން ދަރިވަރު ވައްދާ ސްކޫލުގެ މައުލޫމާތު ސާފުވާނެ ކަމަށެވެ.

އަންނަ އަހަރު މުޅި ރާއްޖޭގައި އަލަށް 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ގްރޭޑް އެކަކުން ޖާގަ ދޭނެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް