މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގެ އިތުރު ޕްރީ ފީސިބިލިޓީ މަސައްކަތްތައް ކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިކޮނޮމިކް އެންޑް ކޮމާޝަލް ކައުންސެލާސް އޮފީހުގެ ޕްރިންސިޕަލް ޔަންގް ވެންޒިއޮންގް އެވެ.
ސޮއި ކުރެއްވުމަށް ފަހު ހައުސިންގ މިނިސްޓާ ޑރ މުހައްމަދު މުއިޒް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ޕްރިލިމިނަރީ ފީސިބިލިޓީ ސުޓަޑީގެ މަސައްކަތުގެ ފައިނަލް ސުޓޭޖަށް އާދެވިފައިވާ ކަމަށވެ. މިނިސްޓާ ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެމްއޯޔޫގައި މިހާރު ކުރެވުނު ދިރާސާތަކުގެ އަލީގައި ކުރިއަށް ކުރެވެން ހުރި ފީސިބިލިޓީގެ މަސައްކަތްތަކާއި ޑިއިނިންގެ މަސައްކަތްތަކާއި ކަންކަން ކުރިޔަށ ގެންދިއުން ހިމެނޭ ކަމަށެވެ.
ކޮމާޝަލް ކައުންސެލާސް އޮފީހުގެ ޕްރިންސިޕަލް ވެންޒިއޮންގް ވިދާޅުވީ މިދިޔަ މަހު ރާއްޖެ އައި ސާވޭ ޓީމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި އެ ޓީމްއެންބުރި ޗައިނާއަށް ގޮސް އެ މައުލޫމާތުތައް ޗައިނާ ސަރުކާރާއި ހިއްސާ ކުރާނެ ކަމަށެވެ.
ޗައިނާ ސަރުކާރުން ބުނެފައިވަނީ މިހާރު ހަދާ ސާވޭ ކުރުމަށް ފަހު މި މަޝްރޫއަކީ ފައިދާވާނެ މަޝްރޫއަކަށް ވާނަމަ ޗައިނާއިން ބްރިޖް އެޅުމަށް އެހީވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް