ދުނިޔޭގެ އެއިޑްސް ދުވަސް: އެއިޑްސް އާއި ދެކޮޅަށް ކުރާ މަސައްކަތް ވަރަށް ކާމިޔާބު

މިއަދަކީ ބައިނަލް އަގުވާވީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ އެއިޑްސް ދުވަހެވެ. އެއިޑްސް ބަލި ނައްތާލުމަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވިނަމަވެސް އެއިޑްސް ބަލި ފެތުރުނަ ނުދިނުމަށް ކުރެވޭ ވަރަށް ގިނަ މަ...

01 Dec 2014 | 07:50

މިއަދަކީ ބައިނަލް އަގުވާވީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ އެއިޑްސް ދުވަހެވެ.

އެއިޑްސް ބަލި ނައްތާލުމަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވިނަމަވެސް އެއިޑްސް ބަލި ފެތުރުނަ ނުދިނުމަށް ކުރެވޭ ވަރަށް ގިނަ މަސައްކަތްތަކެއް ބައިނަލް އަގުވާމި  ފެންވަރުގައި ދަނީ ކުރެވެމުންނެވެ. ޑަބްލިއުއެޗްއޯއިން ބުނީ އެޗްއައިވީ ނުވަތަ އެއިޑްސް އާއި ދެކޮޅަށް އެ ޖަމިއްޔާއިން މުޅި ދުނިޔޭގައި ކުރާ މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި އެހެން ނަމަވެސް ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަ ހުރި ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަންގެ ޑިރެކްޓާ ޕޫނަމް ސިންގ ވިދާޅުވީ އެޗްއައިވީއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޗްއައިވީ ޖެހިފައިވާ 10 މިލިއަން މީހުންނަށް މުޅި ދުނިޔޭގައި މިހާރު ފަރުވާ ދެމުން ދާކަމަށެވެ. އަދި މި އަދަދަށް ފަރުވާ ދެމުންދާނަމަ ޑަބްލިއުއެޗްއޯގެ އަމާޒު ކަމުގައިވާ 2030 ށް އެޗްއައިވީ ފެތުރުން ހުއްޓުވޭނެ ކަމަށެވެ. ޕޫނަމް ވިދާޅުވީ ހަމައެކަނި ސައުތް އީސްޓް އޭޝިއާގައި ވެސް އެޗްއައިވީ ޖެހިފައިވާ 3.4 މިލިއަން ތިބި އިރު އޭގެ ތެރެއިން 1.1 ިލިއަން މީހުން ބައްޔަށް ފަރުވާ ހޯދަމުން ދާކަމަށެވެ.

އޭނާ ވިދާޅުވީ މި ރީޖަންގައި މިހާރު އެޗްއައިވީ ފެތުރެނީ އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސް ބަދަލު ކުރުމުންނާއި ހަށި ވިއްކާ މީހުންގެ އިތުރުން އިންޖިކްޝަން ބޭނުންކޮށްގެން ޑްރަގްސް ބޭނުން ކުރާ މީހުންގެ ސަބަބުން ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި އެޗްއައިވީއާ ދެކޮޅަށް ކުރެވޭ މަސައްކަތް މިހާ ކާމިޔާބުވެފައިވަނީ އަމިއްލަ ޖަމިއްޔާތަކާއި ފަރުދުންގެ އިތުރުން ގައުމީ ފެންވަރުގައި އާއި ބައިނަލް އަގުވާމީ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ސަބަބުން ކަމަށް ޕޫނަމް ވިދާޅުވި އެވެ.

ނަމަވެސް ރާޢްޖެ ހިމެނޭ މި ރީޖަންއަކީ އެޗްއައިވީ ޖެހިފައި ތިބި މީހުންގެ ތެރޭގައި މާބޮޑު ހޭލުންތެރި ކަމެއް އުފެދިފައި ނުވާ ހަމައެކަނި ރީޖަން އެވެ. ޑަބްލިއު އެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސައުތް އީސްޓް އޭޝިއާގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ 50 އިންސައްތަ   މީހުންނަކީ ބައްޔަށް ފަރުވާ ހޯދާނެ ގޮތާއި އެމީހުންގެ ބަލީގެ ހާލަތު ނޭނގޭ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް