ސްޕެނިޝް ލަލީގާ: ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކު ބަރސާ މޮޅުވެއްޖެ

ސްޕެނިޝްލަލީގާގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކު ބަރސާ މޮޅުވެއްޖެއެވެ. ވެލެންސިއާއާއި ދެކޮޅަށް ރަށުންބޭރުގައި ކުޅުނުމެޗު ބަރސާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗ...

01 Dec 2014 | 06:13

ސްޕެނިޝްލަލީގާގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކު ބަރސާ މޮޅުވެއްޖެއެވެ.

ވެލެންސިއާއާއި ދެކޮޅަށް ރަށުންބޭރުގައި ކުޅުނުމެޗު ބަރސާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ސާޖިއޯ ބުސްކަޓްސްއެވެ.

މެޗުގައި ބަރސާއިންވަނީ ގިނަ ހަމަލާތަކެއް އުފައްދާ ގިނަވަގުތު ބޯޅަ ހިފަހައްޓާފައެވެ. އެގޮތުން ލުއިސް ޝުއަރޭޒް އަދި ނޭމަރއަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ވެލެންސިއާގެ ކީޕަރ ޑިއޭގޯ އަލްވޭސްއެވެ.

މެޗުގައި ވެލެންސިއާގެ ސަޕޯރޓަރުންގެ ތެރެއިން އެއްލި އެއްޗެއް މެސީގެ ބޮލުގައި ޖެހުނު މަންޒަރުވަނީ ފެނިފައެވެ. އަދި މެސީ ބޮލުގައި އަތްއެޅި ނަމަވެސް އެއްވެސް ގެއްލުމެއް ނުވާކަމަށް ރިޕޯރޓުތަށް ބުނެއެވެ.

މެޗުން މޮޅުވެ ލަލީގާ ތާވަލުގެ 2 ވަނައިގައި ބަރސާއޮތީ ރިއާލް މެޑްރިޑާއި 2 ޕޮއިންޓް ފަރަގެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް