ހެތްކާއި ގުޅޭގޮތުން އަމަލުކުރާނެ ތިން އުސޫލެއް ކްރިމިނަލް ކޯޓުން ފާސްކޮށްފި

ކޯޓުން ބަލަމުންދާ މައްސަލަތަކުގައި ހެކިހުށަހެޅުމާއި ބަލައިގަތުމާއި ހެކިބަސް ނެގުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލާ ކުރިމިނަލްކޯޓުގެ ޤާޟިންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ކޯޓުން ބުނީ މިފަ...

01 Dec 2014 | 05:45

ކޯޓުން ބަލަމުންދާ މައްސަލަތަކުގައި ހެކިހުށަހެޅުމާއި ބަލައިގަތުމާއި ހެކިބަސް ނެގުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލާ ކުރިމިނަލްކޯޓުގެ ޤާޟިންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ކޯޓުން ބުނީ މިފަދަ އުޞޫލެއްތައްޔާރުކޮށް ފާސްކުރުމުގެ މަޤްޞަދަކީ ކޯޓަށް ހުށަހަޅާ ޖިނާއީ މައްސަލަތަކާއި ގުޅިގެން ހެކިހުށަހެޅުމާއި ބަލައިގަތުމާއި ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ ހަރުދަނާ މިންގަޑުތަކެއް އެކަށަ އެޅުން ކަމަށެވެ.

މިއުޞޫލުފާސްކޮށްފައިވަނީ ކުރިމިނަލްކޯޓުގެ ޤާޟިންގެ މަޖިލީހުގެ 2014 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 19 ވީބުދަ ދުވަހު ބޭއްވުނު ޤާޟިންގެ  23 ވަނަ ޖަލްސާ ގައި ކަމަށާއި މިއުޞޫލަށް އަމަލުކުރުމަށް ނިންމާފައިވަނީ ޤާޟިންގެ މަޖިލީހުން މިއުޞޫލު ފާސްކޮށް ކުރިމިނަލް ކޯޓުގެ ވެބުސައިޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 30  ދުވަހުގެ މުއްދަތަކަށް ފަހުވެ.

މި އުސޫލު ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި މިއަދު ވަނީ ޝާއިޢު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް