ޕްރެސިޑެންޓްސް ކަޕް: ނިއުރޭޑިއަންޓް ތަށި މިލްކުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، "ޕްރެސިޑެންޓްސް ކަޕް"ގެ ތަށި ނިއުރޭޑިއަންޑް ސްޕޯރޓްސް ކުލަބުން ޖެހިޖެހިގެން 3 ފަހަރަށް ކާމިޔާބުކޮށް މިލްކުކޮށްފިއެވެ. ރޭ ގަލޮޅު ދަނޑުގަ...

01 Dec 2014 | 05:44

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، "ޕްރެސިޑެންޓްސް ކަޕް"ގެ ތަށި ނިއުރޭޑިއަންޑް ސްޕޯރޓްސް ކުލަބުން ޖެހިޖެހިގެން 3 ފަހަރަށް ކާމިޔާބުކޮށް މިލްކުކޮށްފިއެވެ.

ރޭ ގަލޮޅު ދަނޑުގައި ކުޅުނު ޕްރެޒިޑެންޓަސް ކަޕްގެ ފައިނަލް މެޗު ނިއުރޭޑިއަންޓުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން އީގަލްސް ބަލިކޮށްގެނެވެ. މެޗުގެ ހަމައެކަނި ގޯލް މެޗުގެ 106 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗުގެ ފުރަތަމަ ހާފް ފެށިގެން 2 ޓީމުންކުރެ އެއްވެސް ޓީމަކަށް މެޗުގައި ރަނގަޅު "ޗާންސެއް ކްރިއޭޓް" ކުރެވިފައެއް ނުވެއެވެ. ދެވަނަ ހާފްގައިވެސް ތަޖުރިބާކާރު ނިއުގެ ފޯވަރޑް ލައިންގެ ހުރަހަކަށް ވެފައިވަނީ ގަދަ އަޒުމުގައި ކުޅެމުންދިޔަ އީގަލްސްގެ ޑިފެންޑް ލައިނެވެ. މެޗު އިތުރުވަގުތަށް ގޮސް މެޗުގެ އިތުރުވަގުތުގެ ފަހުހާފްގައި ޖެހި ހަމައެކަނި ގޯލައަކީ ސެންޓޭ ޕެނެލްޓީ އޭރިޔާގެ ރޮނގުމަތިން ކަހަލަގޮތަކަށް ފޮނުވާލި ބާރު ހަމަލާއެކެވެ. އީގަލްސްގެ ކުޅުންތެރިއެއްގެ ގައިގާ ބޯޅަ ޖެހުމާއެކު ކީޕަރަށްވަނީ ބޯޅައިގެ މިސްރާބު އޮޅިފައެވެ.

ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި މިހާތަނަށް މިލްކު ކޮށްފައިވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބުން އެކަންޏެވެ.

މުބާރާތުގެ ތަށި އެޓީމަށް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މެޗަށްފަހު ނުއުގެ ޗެއަރމަން އަލީ ވަހީދު "ބަލަކް" ބުނެފައިވަނީ ނިއުއަކީ މިހާރު ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުކަމަށެވެ. މިހާރު އެކަމާމެދު ޝައްކެއް ނުކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް