ހައްދުންމަތީ އަތޮޅު ކައުންސިލް ބަށިބޯޅަ މުބާރާތުގެ ސެމީފައިނަލަށް މާސް އަދި ފެހިޓީމް ދަތުރުކޮށްފިއެވެ.
ލ.ގަމު މާހިންނަ އެކްރިއޭޝަން އެންޑް ރެކްރިއޭޝަންގެ "މާސް" އަދި ފޮނަދޫ ފްރެންޑްސް ފޯ އެންވަޔަރަންމަންޓް އެންޑް ހެލްތް އިނީޝިއޭޓިވްގެ "ފެހިޓީމް" ސެމީފައިނަލްގެ ޖާގަ ކަށަވަރުކުރީ އިއްޔެ ކުޅުނު ކުއަޓާފައިނަލް މެޗުން މޮޅުވެގެންނެވެ.
ކުއަރޓާފައިނަލް ފުރަތަމަ މެޗުގައި މާވަށު ރައްޔިތުންގެ ރޫޙުގެ "މާވަށު ބަށިޓީމް" އަދި ފޮނަދޫ "ފެހިޓީމް" ބައްދަލުކޮށް 20 ލަނޑު 11 ފޯލި، 27 ލަނޑު 1 ފޯލިން މެޗުކާމިޔާބުކުރީ ލ.ފޮނަދޫ ފެހިޓީމެވެ.
މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެހިޓީމްގެ ޖާރސީ ނަންބަރ 11 އަގުލީމާ އަބްދުއްރަހުމާނެވެ.
އިއްޔެ ކުޅުނު ކުއަރޓާފައިނަލް ދެވަނަ މެޗުގައި ލ.ގަމު މާސް އަދި ފޮނަދޫ ފިޔެސްކޮކާ ބައްދަލުކޮށް 17 ލަނޑު 03 ފޯލި، 30 ލަނޑު 2 ފޯލިން މެޗު ކާމިޔާބުކުރީ ލ.ގަމު މާސް ޓީމެވެ.
މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މާސްޓީމްގެ ޖާރސީ ނަންބަރ 3 ފާތިމަތު އިބްރާހީމެވެ.
މުބާރާތުގެ ކުއަރޓާފައިނަލްގެ އަނެތް 2 މެޗު މިއަދު ކުޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް