އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ޓީޖީއެސްޓީ ނުނަގާ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ޖީއެސްޓީ ނުނަގާ ގޮތަށް މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަ...

01 Dec 2014 | 05:04

އެތެރޭގެ އުދުހުންތަކުން ދިވެހިންގެ އަތުން ޖީއެސްޓީ ނުނަގާ ގޮތަށް މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް މިއަދު އެ އިސްލާހު ގެޒެޓް ކޮށްފައިވާއިރު މި އިސްލާހަކީ އެ ގާނޫނަށް ގެނައި 3 ވަނަ އިސްލާހެވެ. އެ އިސްލާހު މަޖިލީހުން ފާސްވީ މަޖިލީހުހާޒިރުވެތިބި 73 މެމްބަރުންގެ ތެރެއިން ފެންނަ ކަމަށް 70 މެމްބަރަކު ވޯޓު ދެއްވުމުންނެވެ.

ގާނޫނަށް ގެނައި އިސްލާހުގައި އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 5 ގައި ބުނެފައިވަނީ ޓެކްސް ނަގަން ވާނީ ދިވެހިރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތަކުން ދިވެހިރައްޔިތުން ފިޔަވައި އެހެން ފަރާތްތަކަށް ވިއްކާ މުދަލާއި ދޭ ޚިދުމަތުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އެވެ. އެ ބިލަށް ތާއީދު ކުރެއްވީ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް