ނެދަލެންޑްސް ކަނޑުގައި އޮޔާދިޔަ ރަބަރު ބޯޓަކުން 38 މީހަކު ސަލާމަތްކޮށްފި

01 Nov 2026 | 06:33
އަތުލައިގަތް ބޯޓު ކަނޑުމަތީގައި --

އަތުލައިގަތް ބޯޓު ކަނޑުމަތީގައި --

ނެދަލެންޑްސްގެ އައްސޭރިފަށުން ބޭރުގައި އިންޖީނެއް ނެތި އިޔާދިޔަ ރަބަރު ބޯޓަކުން 38 ފިރިހެނަކު ނެދަލެންޑްސްގެ ކަމާ ބެހޭ ފަރާތްތަކުން ސަލާމަތްކޮށްފިއެވެ.

ބޯޓުގައި ތިބި މީހުންގެ ތެރެއިން 36 މީހުންނަކީ އަފްޣާނިސްތާނު ރައްޔިތުންނެވެ. ބާކީ ތިބީ ސޫދާން ދެމީހުންނެވެ.

މި ބޯޓު ފެނުނީ އެމްސްޓެޑަމާ މާ ދެކުނު ހުޅަނގުން، ޒީލެންޑް ޕްރޮވިންސުގެ ބޭރުން ކަމަށް ވާއިރު، ބޯޓުގައި ތިބި އެއްވެސް މީހެއްގެ ގައިގައި ލައިފް ވެސްޓް ނެތްކަމަށް ނެދަލެންޑްސްއިން ބުނެފައިވެ އެވެ.

އެ ގައުމުގެ މިލިޓަރީ ޕޮލިހުން ބުނީ، ބޯޓުގައި ތިބި މީހުންގެ ތެރެއިން ސޫދާން ދެ މީހުންނަކީ ސްމަގަލަރުން ކަމަށް ބެލެވޭ ކަމަށާއި ބާކީ ތިބީ ހިޖުރަވެރިން ކަމަށެވެ. އެ ބޯޓު ފުރައިގެން ދިޔައީ ފްރާންސުންތޯ، ނެދަލެންޑްސުންތޯ ނުވަތަ ބެލްޖިއަމުންތޯ އެނގޭ ކަމެއް ނޫން ކަމަށާއި، ދާން ދިޔައީ ކޮންތަނަކަށް ކަމެއް ވެސް ނޭނގޭ ކަމަށް ބުންޏެވެ.

މިއީ މިފަދަ ހާދިސާއެއް ނެދަލެންސްގެ ކަނޑުގެ ސަރަހައްދުގައި ހިނގި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.

ފަހަކަށް އައިސް ފްރާންސުން ކުދި ބޯޓުތަކުގައި އިނގިރޭސިވިލާތަށް ހިޖުރަވެރިން ހުރަސްކުރުން ޢާންމު ކަމަކަށް ވެފައިވީ ނަމަވެސް، ނެދަލެންޑްސް ކަނޑުގެ ސަރަޙައްދުން މިފަދަ ބޯޓެއް ފެނުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ. ނެދަލެންޑްސްގެ ކަމާ ބެހޭ ފަރާތްތަކުން މި މައްސަލައިގެ ތަޙުޤީޤު އާދީއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖައްސައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް