އެލާމުގެ އަޑާނުލައި ތެދުވަން ނިދީގެ އާދަތައް ބަދަލު ކުރާނެ ގޮތްތަކެއް!

01 Nov 2026 | 04:31
އެލާމުގެ އަޑާނުލައި ތެދުވަން ނިދީގެ އާދަތައް ބަދަލު ކުރާނެ ގޮތްތަކެއް!

ކޮންމެ ރެއަކު އެއް ގަޑިއެއްގައި ނިދައި، ފޯނާ ދުރުވެ، ހެނދުނު އައްޔަށް ހޭލެވޭ ގޮތް ހެދުމުން އެލާމަކާ ނުލައި ފަތިހު ނުވަތަ ހެނދުނު ހެނދުނާ ތެދުވުމަކީ ދަތި ކަމަކަށް ނުވެދާނެއެވެ.

ނިދީގެ ދިރާސާތައް ހެދި ތަޖުރިބާކާރުންގެ އިރުޝާދާ އެއްގޮތަށް ނޫސްވެރިއަކު ހަފުތާއެއް ވާންދެން އެލާމް ނުޖަހައި ނިދީގެ ތަޖުރިބާއެއް ކުރިއެވެ. ތަޖުރިބާ ފެށުމުގެ ކުރިން އޭނާ ދެނެގަތީ ގުދުރަތީ ގޮތުން ނިދި އަންނަނީ ރޭގަނޑު ގާތްގަނޑަކަށް 11:30 ގައި ކަމާއި، ގާތްގަނޑަކަށް އަށް ގަޑީރާ ބައިގެ ނިދި ބޭނުންވާ ކަމެވެ.

ބޮޑެތި މީހުންނަށް ރޭގަނޑު ގާތްގަނޑަކަށް ނުވަ ގަޑިއިރުގެ ނިދި ލިބެންޖެހޭ ކަމަށާއި ހަ ގަޑީރަށް ވުރެ ނިދި މަދުވެއްޖެ ނަމަ އެ މީހެއް ބައްޔެއްގައި ނުވަތަ މަރެއްގައި ޖެހުމުގެ ފުރުސަތު 20 އިންސައްތައަށް ބޮޑުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ތަޖުރިބާ ކާމިޔާބު ކުރުމުގެ ތަޅުދަނޑިއަކީ ގަޑިން ގަޑިއަށް އާދަތައް ހިފެހެއްޓުމެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް މިޗިގަންގެ ނިދީގެ ލެބޯޓަރީގެ ކޯ ޑައިރެކްޓަރު ހެލެން ބާގެސް ބުނީ ކޮންމެ ރެޔަކު ވީހާ ވެސް އެއް ގަޑިއެއްގައި ނިދުން މުހިންމު ކަމަށެވެ. އަމިއްލައަށް ބޭނުންވާ ނިދި ލިބޭ ވަރަށް އެކަށީގެންވާ ގަޑިއެއްގައި ނިދަން އޮށޯތުމާއި ގަވާއިދުން އެ ގޮތުގައި ދެމެހެއްޓުމާއި އެ ގޮތުގައި ހިފެހެއްޓުމުން ހަށިގަނޑު މަޑުމަޑުން އެ ރޫޓީނަށް ހޭނޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އަލި ކޮންޓްރޯލް ކުރުމަކީ ދެވަނައަށް އެންމެ ބޮޑު ދައުރެއް އަދާކުރާ ކަމެވެ. ރެޖެންޓްސް ޔުނިވާސިޓީ ލަންޑަންގެ ނިދީގެ ތަޖުރިބާކާރު އެނާ ޖޮއިސް ފާހަގަކުރި ގޮތުގައި އައްޔަކީ ހަށިގަނޑުގެ ބައޮލޮޖިކަލް ގަޑި ބައްޓަން ކުރާ އެންމެ ވަރުގަދަ ބާރެވެ. "އަލި ޖެހުމުން މެލެޓޯނިން ނިވި، ހެނދުނެއްކަން ސިކުނޑިއަށް އެންގެއެވެ، ޔުނިވާސިޓީ އޮފް ޓެކްސަސް އެޓް ޑެލަސްގެ ސްލީޕް އިނޮވޭޝަން ލެބްސްގެ އެސޯސިއޭޓް ޑައިރެކްޓަރު އެޓީ ބެން ސައިމަން ލަފާ ދިނީ ރޭގަނޑު ނިދާ ކޮޓަރި މުޅީން އަނދިރިކޮށް ބާއްވައި، ހެނދުނު ހޭލެވޭ ގޮތަށް ވީ އެންމެ އަވަހަށް ދޮރުފޮތި ހުޅުވައި އައްޔަށް ނިކުތުމަށެވެ. ހެނދުނު ސީދާ އައްޔަށް ހުށަހެޅުމުން ކޮޓިޒޯލް ބޮޑުވެ ހެނދުނު ތެދުވެ ހަރަކާތްތެރިވާނެ ހެނދުނެއް ކަމުގެ ސިގްނަލް ދޭ ކަމަށް ސައިމަން ބުންޏެވެ.

ނިދުމުގެ ދެ ގަޑީރެއްހާ ކުރިން ފެށިގެން ބޮކި ފަނޑުކޮށް، ފޯނު ދުރުކޮށް، ހަމަ ޖެހިލައިގެން ނިދަން ތައްޔާރުވުން ވެސް މުހިންމު ކަމެއް ކަމަށް ފާހަގަ ކުރިއެވެ. ފޯނުން ނިކުންނަ ނޫ އައްޔާއި ސޯޝަލް މީޑިއާ ސްކްރޯލް ކުރުމަކީ ނިދި ޚަރާބު ކުރާ ކަންކަން ކަމަށް ދާދިފަހުގެ ތަހުލީލެއް ވެސް ދައްކާފައިވެ އެވެ. ހަމައެހެންމެ ކޮޓަރީގެ ފިނިހޫނުމިން ވެސް މުހިންމެވެ. ހޫނު ގަދަ ވެއްޖެ ނަމަ ނިދީގެ ފެންވަރު ދަށްވެއެވެ. ނިދުމުގެ ތިން ގަޑީރު ކުރިން ކެއުން ނިންމުން މުހިންމު ކަމަށް ބުނެ އެވެ.

ހަފުތާ ނިމުނުއިރު އެ ނޫސްވެރިއާއަށް ހެނދުނު 8:00 ޖެހުމާ ދާދި ގާތުގައި ގުދުރަތީ ގޮތުން ހޭލެވެއެވެ. ހަތަރު ވަނަ ދުވަހުން ފެށިގެން ބޮލަށް ހެނދުނު ނިދީގެ އިހުސާސް ވެސް ލުއި ވިއެވެ. އޭނާ ބުނި ގޮތުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ގަވާއިދުން ނިދަން ތައްޔާރުވުމުގެ ރޫޓީނާއި ސްކްރީން ދުރުކުރުމުންނެވެ. ފަހުން ވެސް ރޭ ގަނޑު ކެއުން ގަޑިން ގަޑިއަށް ބެހެއްޓުމާއި ފޯނު ދުރުކުރުން ފަދަ އާދަތައް ދެމެހެއްޓި ކަމަށް އޭނާ ބުންޏެވެ.

މި ތަޖުރިބާއިން ފެނުނީ ނިދީގެ ވަގުތު ގަވާއިދުން ބެހެއްޓުމާއި، އެނދުގައި ފޯނު ބޭނުން ނުކުރުމާއި، ހެނދުނު ގުދުރަތީ އައްޔަށް ހޭލުން ފަދަ ކުދިކުދި ބަދަލުތަކުން އެލާމް ގަޑިއެއް ނެތި ވެސް ހެނދުނު ތެދުވުން ހެޔޮ ހާލުގައި ކުރެވިދާނެ ކަމެވެ. ނިދީގެ ޝެޑިއުލް ބަދަލުކުރަން ބޭނުން ނަމަ، ކެތްތެރިކަމާ އެކު ބައި ގަޑީރުން ބައި ގަޑީރުން ނިދާ ގަޑި ކުރިއަށް ޖައްސައި، ހޭލާ ގަޑި ހިފެހެއްޓުމަށް ތަޖުރިބާކާރުން ލަފާ ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް