އުތުރު ފަރާތުގައި ހަދާ 15 މީޓަރުގެ ފިންގާ ޖެޓީތަކުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ

01 Nov 2026 | 03:45
ފޮޓޯ: އެމްޓީސީސީ

ފޮޓޯ: އެމްޓީސީސީ

މާލެ އުތުރުފަރާތު ބަނދަރުގައި ހަދަމުންދާ 15 މީޓަރުގެ ތިން ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫޢަކީ މާލެ އުތުރު ފަރާތު ބަނދަރުގެ ޖެޓީތައް ޑިޒައިންކޮށް ބިނާކުރުމުގެ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ދެ ސައިޒެއްގެ ޖެޓީ އެޅުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސީސީން ބުނީ ކޮންކްރީޓް އެޅުމުގެ މަރުހަލާ ނިމުމާއެކު ދެން ކުރިއަށް ދާނީ ޖެޓީތަކުގެ ޑެކުގައި ލަކުޑި ޕްލޭންކް ހަރުކުރުމާއި، މޫރިން ބޮލާޑު ބެހެއްޓުމާއި، ލައިޓު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މިއީ މުޅި ޖުމްލަ 18.98 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިމުމުން އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދަތި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް