ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ހިންގާ ކެފޭއެއްގެ ތެރޭގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި، އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް