އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ – އަންހަނެކަށް ސީރިއަސް އަނިޔާތަކެއް

މާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ދެ ފިރިހެނަކަށް އަނިޔާވެއްޖެއެވެ. ތިން މީހުންނަށްވެސް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ދެ ސައިކަލު ޖެހި ހިނގި މި އެކްސ...

01 Nov 2019 | 14:20

މާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަންހެނަކާއި ދެ ފިރިހެނަކަށް އަނިޔާވެއްޖެއެވެ. ތިން މީހުންނަށްވެސް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ތިން މީހުންގެ ތެރެއިން އަންހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

އެގޮތުން ފުލުހުން ބުނެފައިވާގޮތުގައި އުމުރުން 36 އަހަރުގެ އެ އަންހެން މީހާގެ ބޯ ފަޅައިގެން ގޮސް، ފައިގަ ރެނދުލާ ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

ދެން އަނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ ފިރިހެނަކަށެވެ. އެ ދެމީހުންގެ ތެރެއިން 20 އަހަރުގެ މީހާގެ ދަތްދޮޅި ދަށުން ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވާއިރު 28 އަހަރުގެ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލް، މެރީ ބްރައުން އާ ހަމައިން ޔޫ-ޓާން ނަގަން އުޅުމުގެ ތެރޭގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލު ދުއްވި ދެމީހުންނަކީވެސް ލައިސަންސު އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް