މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ތައުހީނުކޮށް ފާޑުކިޔާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަ ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން މިކަން ހާމަކޮށްފައިމިވަނީ އިލްމުވެރިންގެ ޓީމެއް ލައްވައި އެ ރިޕޯޓް ދިރާސާކުރުމަށްފަހުގައެވެ.
އެމްޑީއެންގެ އެ ރިޕޯޓްގެ މައްސަލައިގާ އެމްޑީއެން މިހާރު ސަސްޕެންޑް ކޮށްފައިވީނަމަވެސް އެއީ އަދި އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.
ޖަމިއްޔާތަކާއި ބެހޭ ކަންކަން މިހާރު ބަލަހައްޓަމުން އަންނަނީ ޔޫތު މިނިސްޓްރީންނެވެ. އެހެންކަމުން އެ ޖަމިއްޔާ އުވާލުމުގެ އިހްތިޔާރާއި ބާރު އެ މިނިސްޓްރީއަށް ލިބިގެން ވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުންވެސް އެ ޖަމިއްޔާ އުވާލެވިދާނެއެވެ. .
މި ރިޕޯޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ރިޕޯޓް ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ފުލުހަށް ހާޒިރުވުމަށް ޗިޓުވެސް ވަނީ ފޮނުވާފައެވެ. އަދި މައްސަލަ އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށްވެސް ހުށަހަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް