ތިން އަހަރަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިޔާސީ ހިމާޔަތުގައި އިނގިރޭސިވިލާތުގައި ތިން އަހަރު ހޭދަކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި އިރު އިންތިހާބީ ރ...

01 Nov 2018 | 09:38

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިޔާސީ ހިމާޔަތުގައި އިނގިރޭސިވިލާތުގައި ތިން އަހަރު ހޭދަކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވި އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާވެސް ވަނީ ރައީސް ނަޝީދުގެ އަރިހުގައި ރާއްޖެ ވަޑައިގެންފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް ނަޝީދަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ އެމަނިކުފާނުގެ މަންމާފުޅު އާބިދާ މުހައްމަދުއެވެ.

އެއަށްފަހު އެމްޑީޕީ އަދި އިދިކޮޅު ކޯލީޝަންގެ އިސް ލީޑަރުން ރައީސް ނަޝިދަށް މަރުހަބާ ދަންނަވާފައިވާއިރު ކަނޑުމަގުން ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު ކަނޑުމަތީގައިވެސް ހަރަކާތްތައް ކުރިއަށްދާނެކަމުގައި އެމްޑީޕީން ބުނެފައިވެއެވެ.

https://twitter.com/Mausoom_Maus/status/1057930631722655744

އޭގެ އިތުރުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް މާލޭގެ މަގުތަކަށް އެތައް ހާސްބަޔަކު ވަނީ ޖަމާވެފައެވެ.

ތަފްސީލް އަންނަނީ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް