ފުވައްލުމަކުގައި ޒުވާނެއްގެ ބޮލަށް ވަޅިޖެހި މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ސިޓީގައި، ރޭ ޒުވާނެއްގެ ބޮލަށް ވަޅި ޖެހި މައްސަލައިގާ މިހާތަނަށް ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ރޭ 08:50 ހާއިރު ފުވައްމުލަކު ގެއެއްގ...

01 Nov 2018 | 05:19

ފުވައްމުލަކު ސިޓީގައި، ރޭ ޒުވާނެއްގެ ބޮލަށް ވަޅި ޖެހި މައްސަލައިގާ މިހާތަނަށް ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ ރޭ 08:50 ހާއިރު ފުވައްމުލަކު ގެއެއްގެ ތެރޭގައި ހުރި 18 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ޒަހަމްވި މީހާއަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން ކަމަށެވެ. އަދި އެ މައްސަލައިގާ ތުހުމަތުގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ދެވަނަ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނުއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ހަމަ އެ މައްސަލައިގާ ރޭގެ ވަގުތެއްގައި އުމުރުން 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުވައްމުލަކު އަލްޓްރާ އަހުމަދު އިނާނު އިބްރާހިމަށް ހަމަލާ ދީފައިވަނީ ގޭގެ ކޮޓަރި ތެރޭގައި އިތުރު ކުދިން ތަކަކާއި އެކު ލެޕްޓޮޕާއި ކުޅެން ތިއްބައެވެ.  ވަޅި ޖަހާފައިވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. މި ހާދިސާގައި އިނާންގެ ބޮލުގެ ފަސް ތަނަކަށް ވަޅިން ހަމަލާ ދީފައިވާއިރު އޭނާއަށް ފަރުވާ ދެމުން އަނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމާއި އަދި އިތުރު ފަރުވާއަށް މިއަދު މާލެ ގެންދާނެކަމުގައިވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް