189 މީހުންނާއެކު ވެއްޓުނު ލަޔަން އެއަރ ފްލައިޓްގެ ކަޅުފޮށި ހޯދައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ލަޔަން އެއަރ ފްލައިޓް 610 ވެއްޓުނީ ޖަކާތާ އެއާޕޯޓުން ނައްޓާލީ 13 ވަރަކަށް މިނެޓް ތެރޭގައެވެ.
ބޮއިން 737 މަރުކާގެ އެ ފްލައިޓް ވެއްޓުނު ސަރަހައްދު ހޯދައި ފްލައިޓްގެ ކަޅުފޮށި މިހާރު ހޯދާފައިވާއިރު އެ ދަތުރުގައި ފްލައިޓުން ދަތުރުކުރި އެކަކުވެސް ސަލާމަތްވެފައެއް ނުވެއެވެ.
އިންޑޮނޭޝިޔާގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި ފްލައިޓް ވެއްޓުނު އިރު އޭގައި ތިބީ 181 ޕަސިންޖަރުންނާއި ހަ ކެބިން ކްރޫންނާއި ދެ ޕައިލެޓުންނެވެ. 181 ޕަސިންޖަރުންގެ ތެރޭގައި ހިމެނެނީ ބޮޑު 178 މީހުންނާއި ކުޑަ ކުއްޖަކާއި ތުއްތު ދެ ކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް