ލ.އަތޮޅު ފުޓުބޯޅަ މުބާރާތް: ސެމީފައިނަލް މެޗުތަށް މާދަމާ ކުޅޭނެ

އެފްއޭއެމް ލ.އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕްސްޓޭޖް ނިމި ސެމީފައިނަލް މާދަމާ ކުޅޭނެއެވެ. ލ.އަތޮޅުގެ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗުވެސް މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ އެއް ވަގުތެއްގައެވެ...

01 Nov 2014 | 10:18

އެފްއޭއެމް ލ.އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕްސްޓޭޖް ނިމި ސެމީފައިނަލް މާދަމާ ކުޅޭނެއެވެ.

ލ.އަތޮޅުގެ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗުވެސް މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ އެއް ވަގުތެއްގައެވެ. އެގޮތުން ސެމީފައިނަލްގެ ދެ މެޗު ކުޅޭނީ މުބާރާތް ބާއްވާ ލ.އަތޮޅުގެ ދެ ރަށް ކަމަށްވާ ލ.ކުނަހަންދޫ އަދި ލ.މާބައިދޫގައެވެ.

އެގޮތުން ކުނަހަންދޫގެ ކުޅެވޭ ސެމީފައިނަލް މެޗުގައިި މާދަމާ ބައްދަލުކުރާނީ ފޮނަދޫ ޒުވާނުންގެ ގުޅުން އަދި އިސްދޫ ޒުވާނުންގެ ޖަމިއްޔާއެވެ. މާބައިދޫގައި އޮންނަ ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މާބައިދޫ ޒުވާނުންގެ ޖަމިއްޔާއާއި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާއެވެ.

މި ދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:45 ގައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް