އެސްޓީއޯއަށާއި އެމްޓީސީސީއަށް ލިބުނު ފައިދާ ދަށްވެއްޖެ

ސަރުކާރާ ރާއްޔިތުން ހިއްސާވާ ދެ ކުންފުނި ކަމަށްވާ އެސްޓިއޯއާއި އެމްޓީސީސީއަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ސާފު ފައިދާ ދަށްވެއްޖެ އެވެ. އެ ދެ ކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބުދައްކާގޮ...

01 Nov 2014 | 10:10

ސަރުކާރާ ރާއްޔިތުން ހިއްސާވާ ދެ ކުންފުނި ކަމަށްވާ އެސްޓިއޯއާއި އެމްޓީސީސީއަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ސާފު ފައިދާ ދަށްވެއްޖެ އެވެ.

އެ ދެ ކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބުދައްކާގޮތުން އެސްޓީއޯއަށް ތިން ވަނަ ކުއާޓާގައި ލިބުނު ފައިދާ ދެވަނަ ކުއާޓާއަށްވުރެ 23.7 މިލިޔަން ރުފިޔާ ދަށެވެ. އެމްޓީސީސީއަށް ދެވަނަ ކުއާޓާގައި 30 މިލިއަން ރުފިޔާ ފައިދާވެފައި ވާއިރު، ތިން ވަނަ ކުއާޓާގައިލިބުނު ފައިދާ ވަނީ 15 މިލިއަން ރުފިޔާ އަށް ދަށްވެފައި އެވެ.

އެސްޓީއޯއަށް މި ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 108.5 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެމްޓީސީސީއަށް ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ.  އެސްޓީއޯއިން ބުނީ ދެވަނަ ކުއާޓާއަށްވުރެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު ފައިދާ އިތުރުވެފައި ނީމަވެސް ސާފު ފައިދާ އިތުރު ނުވީ، ކުންފުނީގެ ހަރަދުތައް އިތުރުވުމާއި ގުޅިގެންނެވެ.

އެމްޓީސީސީގެ ތަފާސް ހިސާބު ދައްކާގޮތުން ކޮންސްޓްރަކްޝަން ދާއިރާއިން 36 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާއިރު ދަތުރުފަތުރުގެ ދާއިރާއިން ވަނީ 10 މިލިއަން ރުފިޔާގ ެގެއްލުން ވެފައި އެވެ.

މި ދެ ކުންފުންޏަށް ތިން ވަނަ ކުއާޓާގައި ގެއްލުމާއި ކުރިމަތިލާން ޖެހުނު އިރު ބީއެމްއެލްއަށް ތިން ވަނަ ކުއާޓާގައި ވަނީ 205 މިލިއަން ރުފިޔާގެ ފައިދާވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް