ބޮލީވިޑްގައި އަދިވެސް މަގުބޫލު ފިލްމްތަކެއް ކުޅެމުން އަންނަ ކުރީގެ ފިލްމީތަރި ރިޝީ ކަޕޫރަށް ޑެންގޫއާއި މެލޭރިޔާ ޖެހިގެން އޭނާގެ ގޭގައި އިންދާފަ ހުރި ގަސްތަކެއް ނައްތާލަށް މުންބާއިގެ މުނިސިޕަލް ކޯޕަރޭޝަނުން އަންގައިފި އެވެ.
ޑެންގޫއާއި މެލޭރިއާ ޖެހިގެން ރިޝީ ކަޕޫރު މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލްގައި އެޑްމިޓް ކުރިތާ ދެ ދުވަސްތެރޭ ވަނީ ދޫކޮށްލާފައި އެވެ. އެހެން ނަމަވެސް ގަނޑުވަރެއް ކަހަލަ ގެއެއްގައި ދިރިއުޅެމުން އަންނަ މަޝްހޫރު ތަރިއަކަށް ކުއްލިގޮތަކަށް ޑެންގޫ ޖެހުމަކީ އާދައިގެ ކަމެއްކަމަކަށް މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނުން ގަބޫލެއް ނުކުރި އެވެ.
އެ ކޯޕަރޭޝަންގެ ފަރާތުން ގޮސް އެގޭގައި ގަސް އިންދާފައި ހުރި ތަންތަނާއި ބަޖީޗާތައް ބަލާ ފާސްކުރި އިރު، މަދިރި އުފެދޭގޮތަށް ގޯތި ތެރޭގައި ގަސް އިންދާފައި ހުރިކަން ތަހުގީގު ޓީމަށް ފާހަގަ ކުރެވުނެވެ. އެހެންވެ އެ ކޯޕަރޭޝަނުން ވަނީ ރިޝީއަށް ޑެންގޫ ހުން ޖެހިފައިވަނީ އެ ގަސްތައް އިންދާފައި ހުރި ގޮތުން ކަމަށް ލަފާކޮށް އެތަކެތި ނައްތާލަން އަންގާފައި އެވެ.
މުންބާއީގައި މި ދުވަސްވަރު ވިއްސާރައިގެ ސަބަބުން ޑެންގޫ ފެތުރެމުންދާތީ އެކަމަށް ބޮޑެތި ފިޔަވަޅުތަކެއް އެ ސިޓީގެ މުނިސިޕަލް ކޯޕަރޭޝަނުން ދަނީ އަޅަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން މިފަދަ ފިޔަވަޅުތަކެއް އަޅަމުން ދަނިކޮށް މަޝްހޫރު ފިލްމީތަރިއެއްގެ ގޭގައި މިފަދަ ކަމެއް ފާހަގަ ކުރެވުމުން އެ ކޯޕަރޭޝަނުން ފޮނުވާ އެންގުން ތަންކޮޅެއް ހަރުކަށިވުމަކީ އެކަށިގެންވާކަމެކެވެ. އެގޮތުން އޭނާއާއި މެދު ފިޔަވަޅެއް ނޭޅެންވީ ސަބަބެއް އޮތްތޯ ބަލާނެކަމަށެ ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް