ހިންމަފުށީ ސްކޫލުގެ އިންޓަ ހައުސް ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތް މި މަހު

ކ. ހިންމަފުށީ ސްކޫލުގެ އިންޓަ ހައުސް ފުޓްސަލް އަދި ހޭންޑް ބޯޅަ މުބާރާތް މި މަހު 19 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ. ޖީނިއާ އަދި ސީނިއާ ޑިވިޒަން ހިމެނޭހެން ދެ ޑިވިޒަނަކަށް ބަހާލައިގެން އެ ސްކޫލުގެ ދަ...

01 Oct 2025 | 09:14
ކުރީގެ މުބާރާތުގެ ތެރެއިން - ފޮޓޯ: ހިންމަފުށި ސްކޫލް

ކުރީގެ މުބާރާތުގެ ތެރެއިން - ފޮޓޯ: ހިންމަފުށި ސްކޫލް

ކ. ހިންމަފުށީ ސްކޫލުގެ އިންޓަ ހައުސް ފުޓްސަލް އަދި ހޭންޑް ބޯޅަ މުބާރާތް މި މަހު 19 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ޖީނިއާ އަދި ސީނިއާ ޑިވިޒަން ހިމެނޭހެން ދެ ޑިވިޒަނަކަށް

ބަހާލައިގެން އެ ސްކޫލުގެ ދަރިވަރުންގެ ކްލަބްތަކުގެ މެދުގައި ކުރިއަށްގެންދާ މި

ދެ މުބާރާތުގައި އެ ސްކޫލުގައި ތަޢުލީމު ޙާސިލުކުރަމުން އަންނަ 250 އެއްހާ

ދަރިވަރުން ބައިވެރިވާނެއެވެ.

އެ ސްކޫލުގެ ކްލަބް ތަކަކީ އަލިމަސް، ޔާގޫތު އަދި

އިތާމުތް ކުލަބެވެ.

މި ދެ މުބާރާތުގައިވެސް ސީނިއާ ޓީމުތަކުން ކުޅޭ މެޗުތައް

ހާފެއް 15 މިނެޓަށް ދިގު ދެމިގެންދާނެއެވެ. ޖޫނިއާ ޓީމުތަކުން ކުޅޭ މެޗުތައް

ހާފެއް 10 މިނެޓަށް ދެމިގެންދާނެއެވެ. ދެ ޑިވިޒަނުގައިވެސް ބްރޭކަށް ދޭނީ ފަސް

މިނެޓެވެ.

މި ދެ މުބާރާތް ކުރިއަށްގެންދަން ނިންމާފައިވަނީ މި

މަހުގެ 19 އިން މި މަހުގެ 23 ގެ ނިޔަލަށެވެ.

ގްރޫޕް ސްޓޭޖަށް ނުވަތަ ލީގު އުސޫލުން ކުޅޭ

މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމުތައް ހޮވައި، ފައިނަލު މެޗުތައް

ބާއްވަން ނިންމާފައިވަނީ 23 ވާ ބުރާސްފަތި ދުވަހުގައެވެ.

ފައިނަލް އޮންނަ ގަޑިތަކަށް ބަލައިލާއިރު ޖޫނިއާ

ހޭންޑް ބޯޅަ ފައިނަލް އެ ދުވަހު ހަވީރު 04:15ގައި ކުރިއަށްގެންގޮސް އެއަށްފަހު

ޖޫނިއާ ފުޓްސަލް ފައިނަލް މެޗު ކުރިއަށްގެންގޮސް ސީނިއަރ ފައިނަލް މެޗުތައް އޮތީ 08:15ގައި

ފަށާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް