ބާސެލޯނާއާއި ރަޔޯ ވަޔޮކާނޯގެ ފޯރިގަދަ ކުރިމަތިލުން އެއްވަރު

ސްޕެނިޝް ލަލީގައި މިރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އިން ބާސެލޯނާއި ދެކޮޅަށް ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށް ފަހު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ. މިނަތީޖާއެކު ލީގުގައި ކުޅުނު ތިން ...

01 Sep 2025 | 00:00
ބާސެލޯނާއި ރަޔޯ ވަޔޮކާނޯ ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާއި ރަޔޯ ވަޔޮކާނޯ ވާދަކުރި މެޗުގެ ތެރެއިން..

ސްޕެނިޝް ލަލީގައި މިރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ

އިން ބާސެލޯނާއި ދެކޮޅަށް ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށް ފަހު 1-1 ގެ ނަތީޖާއަކުން

ދެޓީމު އެއްވަރުވެއްޖެއެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ބާސެލޯނާއަށް

ހަތް ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު ތިން މެޗުން ރަޔޯ ވަޔޮކާނޯއަށް

ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި

ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ލެވަންޓޭ އަތުން މޮޅުވެފައިވާއިރު، ވަޔޮކާނޯ އެންމެ

ފަހުން ކުޅުނު މެޗުގައި އެތްލެޓިކް ބިލްބާއޯ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ

ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ

ބާސެލޯނާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި

ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބާސެލޯނާ އިންނެވެ.

މިލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ

ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ

ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ

ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން

ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރަޔޯ ވަޔޮކާނޯ އިން ވަނީ އެޓީމުގެ

ކުޅުނު ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ

ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ފޯވާޑް ފްރަން ޕެރޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް

އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މީގެ އިތުރުން މެޗުގެ 86 ވަނަ މިނެޓުގައި ރަޔޯ ވަޔޮކަނޯ

އިން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ

އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ

އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައ

އޮވެގެންނެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މިމަހުގެ

15 ވަނަ ދުވަހުގެ ރޭ ވެލެންސިއާ ދެކޮޅަށް ބާސެލޯނާ އިން ނުކުންނައިރު، މިމަހުގެ 14

ވަނަ ދުވަހުގެ ރޭ ރަޔޯ ވަޔޮކާނޯ އިން ނުކުންނާނީ އޮސަސުނާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް