މޯލްޑިވިއަނުން ރާއްޖެ އާއި ޗައިނާ އާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ޗައިނާގައި މިހާރު ކުރިއަށްދާ، ޓްއާއޮޕަރޭޓަރުންގެ ކޮންފަރެންސެއްގައި މޯލްޑިވިއަނުން ބުނިގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު އޭ-330 މަރުކާގެ ބޯޓެއްގައި ރާއްޖެ އާއި ޗައިނާ އާއި ދެމެދު ސީދާ ދަތުރުތައް ފެށޭނެއެވެ.
https://twitter.com/MaldivianAero/status/1167997835582664705
މޯލްޑިވިއަނުން މިހާރުވެސް ޗައިނާގެ ބައެއް މަންޒިލްތަކަށް ދަތުރުކުރިނަމަވެސް، އެ ދަތުރުތައް ކުރަނީ ތައިލެންޑް މަގުންނެވެ.
އޭ-330 މަރުކާގެ ދެ ބޯޓު ރާއްޖެ ގެނެސް އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށް ކުރިން މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް