ދިވެހި ބައެއް ހައްޖާޖީން ގެއްލިގެން ހޯދަނީ

ރާއްޖެއިން ހައްޖަށް ދިޔަ ބައެއް ހައްޖާޖީން ގެއްލިގެން ހޯދަން ފަށައިފި އެވެ. ހައްޖުގެ އަޅުކަން އަދާ ކުރަމުންދާ ނޫސްވެރިން މައުލޫމާތުދޭގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހައްޖު ކޯޕަރޭޝަންގެ ބައެއް ހައްޖާޖ...

01 Sep 2017 | 16:08

ރާއްޖެއިން ހައްޖަށް ދިޔަ ބައެއް ހައްޖާޖީން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހައްޖުގެ އަޅުކަން އަދާ ކުރަމުންދާ ނޫސްވެރިން މައުލޫމާތުދޭގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހައްޖު ކޯޕަރޭޝަންގެ ބައެއް ހައްޖާޖީންނެވެ. އެމީހުންނަށް މަގު އޮޅި ޖަމާއަތާ ވަކިވީ މުޒްދަލިފާއިން މިނާއަށް އެނބުރި ދިޔަ މަގުމަތީގައި ކަމަށްވެ އެވެ.

ހޯދަމުންދާ މީހުންނާއި ޖަމާއަތާއި ބަރާބަރަށް ގުޅައިގެން ވާހަކަ ދައްކަމުންދާކަމަށާއި ނުފެނި ގިނަ އިރު ވަނީ އެމީހުން ތިބި ތަން ބުނެދޭން ނޭނގިގެން ކަމަށެވެ.  އަދި ހައްޖު ކޯޕަރޭޝަނުން އެމީހުން ހޯދުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ނޫސްވެރިޔާ މައުލޫމާތުދެ އެވެ.

ހައްޖަށް ގޮސް އުޅޭ ތ. މަޑިފުށީ މީހަކު ގެއްލިގެން ރޭ އާއިލާއިން ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާ ކުރި އެވެ. އެކަމަކު ފަހުން އެމީހާ ފެނިފަވާ ކަމަށް ޖަހާފަވެ އެވެ.

މިއަހަރު ރާއްޖެއިން 1،300 އަށްވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް