ތަރައްގީ ކުރުމަށް ބަންދުކޮށްފައިވާ ކުޑަކުދިންގެ ބަގީޗާ މިއަދު އާއްމުކޮށް ހުޅުވާލަން ނިންމައިފި އެވެ.
ކުޑަކުދިންގެ ބަގީޗާ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފުންނެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކުޑަކުދިންގެ ބަގީޗާ މިއަދު ހުޅުވާލާގޮތަށް ހަމަޖެހިފައިވީނަމަވެސް ބަގީޗާ އިތުރަށް ފުރިހަމަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް މިހާރުވެސް އަންނަނީ ކުރަމުން ކަމަށެވެ.
"މި މަސައްކަތް ނިމެންދެން ބަގީޗާ ހުޅުވައިހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް" އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ބަގީޗާގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް ނިމުނުހާ އަވަހަކަށް ރަސްމީކޮށް އެ ބަގީޗާ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ފަހުން ބޭއްވޭނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް