މިފްކޯ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ޚިދުމަތް ދޭ ގޮތަށް ނިންމައިފި

މިފްކޯގެ ރީޓެއިލް މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ޚިދުމަތް ދޭ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ. މިފްކޯއިން ބުނީ އެ ކުންފުނީގެ މަސްފިހާރައިގެ ވިޔަފާރި ފ...

01 Aug 2026 | 07:35
N/A

N/A

މިފްކޯގެ ރީޓެއިލް މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ޚިދުމަތް ދޭ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށެވެ.

މި ބަދަލާ އެކު ހުކުރު ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެއެވެ. ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މާލެއާއި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މި ބަދަލާ އެއްގޮތަށް ޚިދުމަތް ދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް