ކަނޑުމަތިން ތެޔޮ ބޯޓަކާއި މުދާ އުފުލާ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 00:44 ހާއިރު ޅ. މާފިލާފުއްޓާއި އެއް މޭލު ދުރުންނެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބޯޓާއި ދޯނީގެ އަރިމަތީ ފަށްގަނޑު ހަލާކުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް