ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް ޢައްޔަންކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް، ދ. ކުޑަހުވަދޫ ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ޢައްޔަންކޮށްފިއެވެ. ފިރުޒުލް އ...

01 Jul 2026 | 07:59
އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް -

އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް -

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް، ދ. ކުޑަހުވަދޫ ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ޢައްޔަންކޮށްފިއެވެ.

ފިރުޒުލް އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ 1 ޖުލައި 2026 އިން ފެށިގެންނެވެ. ފިރުޒުލް އެންމެ ފަހުން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައެވެ. އެއީ މިޞްރުގެ އަލް-އަޒްހަރު ޔުނިވާސިޓީއިން ޝަރީޢާ އެންޑް ލޯ ގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ފިރުޒުލް ވަނީ 2023 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޓްރާންސިޝަން ކޮމިޓީގެ ތަރުޖަމާނުކަން ކުރައްވައިފައެވެ. ސަރުކާރު ހަވާލުވީ ފަހުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީގެ މަޤާމު އަދާކުރެއްވުމަށް ފަހު، ފަހުން ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމަށް ބަދަލުވެވަޑައިގެންނެވީއެވެ.

ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުޙައްމަދު ޝަކީލް ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ޢައްޔަންވެވަޑައިގެންނެވުމާ ގުޅިގެން އެ މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. ހައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިޔާސީ ޤަރާރަކުން އުފެއްދި ދައުލަތުގެ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް