ކުޑަ ދެ އަންހެން ކުދިން ފޮރުވައިގެން އުޅުނު މީހާގެ ބަންދަށް މުއްދަތު ޖަހައިދިއެވެ.
ފުލުހުން ވިދާޅުވީ، 29 އަހަރުގެ މި މީހާ އަށް ކޯޓުން ޖަހާފައި ވަނީ 10 ދުވަހުގެ މުއްދަތު ކަމަށެވެ.
ފުލުހުން އެ ދެ އަންހެންކުދިން ސަލާމަތްކޮށް އެ ފިރިހެން މީހާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރަށެއްގެ ގެއަކަށް ދަންވަރު ވަދެ ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ ހައްޔަރު ކުރި މީހާގެ ގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭކަމަށް ބެލެވޭ ސާމާނު ތަކަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސް ކޮތަޅަކެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކުޑަ ޕެކެޓެއް ފެނިފައިވާކަމަށެވެ.
އިތުރަށް ބުނެފައިވަނީ މި މައްސަލައިގާ ހިމެނޭ ދެ ކުދިން ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއި ހަވާލުކޮށް ކުދިންގެ އާއިލާ އާއި ހަވާލުކުރެވެންދެން ކުދިންނަށް ރައްކާތެރި މާހައުލެއްގައި ވަނީ ބައިތިއްބާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް