އަލްގައިދާ ޖަމާއަތުގެ ލީޑަރު ބިން ލާދިންގެ ދަރި ހަމްޒާ ބިން ލާދިންގެ މައުލޫމާތެއް ހިއްސާކުރާ ފަރާތަކަށް 1.3 މިލިޔަން ޑޮލަރު އެމެރިކާއިން ހުށަހަޅައިފިއެވެ.
މިވަރުގެ އަދަދެއް ހުށަހަޅާފައިމިވަނީ ޓެރަރިޒަމްގައި ހަމްޒާ އަކީ ބޮޑު ނުރައްކަލަކަށް ވެދާނެ ކަމުގައި އަންދާޒާ ކުރެވޭތީއެވެ. ވަނަމެއްގެ ގޮތުގައި ހަމްޒާއަށް "ޖިހާދުގެ ރަސްގެފާނު"ގެ ނަމުން މިހާރު މުހާތަބު ކުރެއެވެ.
މި ފަހަކަށް އައިސް ޕާކިސްތާނު، އަފްގާނިސްތާނު އަދި ސީރިޔާގެ އިތުރުން އިރާނުގައި ހިންގާ ޓެރަރިޒަމް އަމަލުތައް ހިންގުމުގައި ހަމްޒާގެ އަތެއް ވާކަމަށް ތުހުމަތު ކުރެއެވެ. މިވަރުގެ ބޮޑު އަދަދެއް ހުށަހަޅައިގެން އެމެރިކާއިން ބޭނުންވަނީ ހަމްޒާ ދިރިއުޅޭ ތަނެއް ހޯދާށެވެ.
އެމެރިކާއިން ސިފަކުރާގޮތުގައި ހަމްޒާ އަންނަނީ އަލްގައިދާގައި އޭނާގެ ބައްޕަ ކުޅުނު ރޯލު ކުޅެމުންނެވެ. ތުހުމަތު ކުރާގޮތުގައި މިހާރު އަލްގައިދާ ލީޑު ކުރަނީ ހަމްޒާ ބިން ލާދިން އެވެ.
2011 ވަނަ އަހަރު އެމެރިކާއިން ބިން ލާދިން މަރާލާފައިވާއިރު އޭރު ބިންލާދިންގެ އަނބިގެން ގޮތުގައި ތިބި އޭނާގެ ތިން އަނބިންނާއި ދަރިން ސައުދީއަށް އެތެރެވުމުގެ ފުރުސަތު ދިނެވެ. ނަމަވެސް އޭރުއްސުރެވެސް ހަމްޒާ އުޅެމުން އަންނަތަނެއް އެމެރިކާއަށް ޓްރެކް ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް